| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 10 March 2008 00:58 

އެޑިޓޯރިއަލް
ތިޔަބައިމީހުން ވެރިއަކު ހޮވާއިރު


ދިވެހިއޮބްޒަރވަރ 3 މާޗް 2008 ގެ އެޑިޓޯރިއަލްގެ ތަރުޖަމާ

2008 ވަނަ އަހަރު ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމް ތަޢާރަފްވުމާއި ވިދިގެން ރާއްޖޭގެ ސިޔާސީ މަސްރަޙްގެ ދުވެލި ވަނީ ވަރަށް ބާރުވެފައެވެ. ކުރިޔާ ޚިލާފަށް މިހާރު އަހަރުމެންގެ ދޫތައް މިވަނީ ބަންދުވެފައެއްނޫނެވެ. އަހަރުމެން ޙައްގު ބަސްބުނުމުގެ އިޚްތިޔާރު މިއޮތީ އަހަރުމެންގެ އަތްމަތީގައެވެ. އެގޮތުން އެމީހަކު ނިސްބަތްވާ ޕާޓީއަކައިގެން ހިންދެމިލާނެ ވަރުގަދަ ޝަޚްސިއްޔަތެއް ހޮވުމަކީ އަޅުގަޑުމެންގެ ޙައްގެކެވެ. އަދި ގައުމުގެ ހުންގާނާ ޙަވާލުވާނެ މީހަކު ހޮވުމީވެސް އަޅުގަޑުމެންގެ ޙައްގެކެވެ. ކަން މިހެން އޮތްކަމުގައި ވީނަމަވެސް މިހާރު ވެރިކަމުގައި މި ހުރި އަމިއްލަ އެދުމުން ފޯވެފައިވާ މައުމޫނު އޭނާގެ ވަކިތައް ހުރިހާ ދިމާލެއްގައި ހިތްޕާލެވޭތޯ ލެވެން އޮތް ބާރެއް ލާނެއެވެ. ނަމަވެސް މިހާރު އެކަންވެސް މިއޮތީ ކޮންމެވެސް މިންގަޑަކަށް ފެތިފައެވެ. އެހެންކަމުން ކުރިން މިނަމުން ދިޔަ މިންގަޑުން މިހާރު މިނުމަކީ މާ ފަސޭހަކަމަކަށް ނުވާނެއެވެ.

އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިން މިހާރު ވިސްނަވަންވީ ވަކިމީހަކު ޕާޓީން ހޮވާ ގައުމުގެ ހުންގާނު އެމީހާގެ އަތްމައްޗަށް ދޫކޮށްލުމަށްވުރެ ޕާޓީގެ ޒިންމާ ފުރިހަމަ ގޮތުގައި އުފުލާނެ މީހަކު ހޮވުމަށެވެ. ޕާޓީގެ މެމްބަރުން އިސްކަން ދެއްވަންވީ މި މަރްހަލާގައި ރަގަޅު ވެރިއަކު ހޮވާ ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރު ކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރާނެ ފަހުލަވާނަކީ ކެރޭ ކުޅަދާނަ ހީވާގި ފަހުލަވާނަކަށް ވާން އެބަޖެހެއެވެ. އެހެންކަމުން ޕާޓީގެ ހުރިހާ މެމްބަރުން އެކަތިގަޑަކަށްވެގެން މިފަދަ ފަހުލަވާނަކު ތައްޔާރު ކުރުމަކީ މިދަޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ.

ޒަމާނުންސުރެ އަށަގަނެފައިވާ އާދަތައް ނައްތާލުމަކީ ވަރަށް އުދަގޫކަމެކެވެ. ރާއްޖޭގައި ވޯޓުލުމުގެ ކަންތައް ކުރިން ހިގާފައިވާ ގޮތަށް ބަލާއިރު ވޯޓުލާމީހާ ވޯޓުލާގޮތާ ނުކުންނަ ނަތީޖާ ވަރަށް ތަފާތުވާނެއެވެ. އެހެންކަމުން ގިނަބަޔަކު ވޯޓުލުމަށް އުޒުރުވެރިވެއެވެ. އެއީ ކޮންމެ ޙާލެއްގައިވެސް ޑިކްޓޭޓަރ ގައްޔޫމު ވޯޓު އޮޅުވާލާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ. އަދި ނަތީޖާ ފާޅުވާއިރު އޮންނާނީ އަބަދުވެސް ސަތޭކަ ޕަސެންޓު އޭނާއަށް ތާއީދުކޮށްފައެވެ. މިއީ ރާއްޖޭގެ އެންމެން ދަންނަ ސަގާފީ ކުޅިގަޑެކެވެ. އަދި ވޯޓުލާދުވަސް ކައިރިވުމާއެކު އިދިކޮޅު މީހުން ބަންދު ކުރެވޭނެއެވެ. ސަރުކާރުގެ ބައިތުލްމާލު ނަހަމަ ގޮތުގައި ބޭނުންކުރާނެއެވެ. އެފައިސާތައް ވޯޓުގަތުމަށްޓަކައި ބަހާނެއެވެ. އެކަމުގައި އެންމެ އަތްއަބުރާލާފައި ތިބޭނީ ރާއްޖެތެރެއަށް އައްޔަނު ކޮށްފައިތިބޭ އަތޮޅުވެރިންނާ ރަށްރަށުގެ ކަތީބުންނާ އަދި ސަރުކާރުގެ މަތީމަގާމުތަކުގައި ތިބޭ އެޅިހާ ބަތަކަށް ރިހަ ކިޔާފައި ތިބޭ އަޖޫޒުންނެވެ. މިބައިމީހުންނަކީ ދުނިޔޭގެ ކުޑަކުޑަ އުފަލަކަށް ތިމާގެ ޢިއްޒަތުން ނަފްސު ވިއްކާލާ މީހުންނެވެ. އަދި ދުނިޔެ ނޫންތަނެއް ނެތްކަމުގައި ހީކޮށްތިބޭ މައުމޫނުގެ އައުވާނުންނެވެ. ނަމަވެސް ރާޢްޖޭގެ މިހާލަތު ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެކަމުގައި ފުރަތަމަ ފަހަރަށް ހީވެސް ކުރެވެން ފަށައިފިއެވެ. ދިވެހިން ދެކޭ ގޮތުގައި ރާޢްޖޭގައި ފުރަތަމަ ފަހަރަށް މިނިވަން މުސްތަގިއްލު އިންތިޚާބެއް މިފަހަރު ބޭއްވޭނެއެވެ.

މިހެން ކަން ހުރިއިރު އެމްޑީޕީގެ ކުރިޔަށް މިއޮތް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކު ޚިޔާރު ކުރެއްވުމުގެ ކުރިން ކުރިއަށާ ފަހަތަށް ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަޑުމެންގެ އަތްމައްޗަށް އަރާފައިމިވާ އަގުހުރި ޖަވާހިރު އަޅުގަޑުމެން ނަގާލައިގެން ނުވާނެއެވެ. މީހަކު ބުނި ބުނުމަކަށް ވޯޓުނުލައްވާށެވެ. އޭގެ ބަދަލުގައި އެކެންޑިޑޭޓެއް ތިޔަ ފަރާތުގެއަމިއްލަ ތިލަފަތުން ކިރުމަށްފަހު ބުރަވާ ކޮޅަކަށް ވޯޓުދެއްވާށެވެ. ޑިމޮކްރެސީއެއްގެ އެންމެ ވަރުގަދަ ޙައްގަކީ ތިމާގެ އަމިއްލަ ވޯޓުކަންދަނެ ވިސްނާ ފިކުރުކޮށް ދެފަރާތަށް ހޯދާ ބެލުމަށްފަހު އެންމެ އެކަށޭނަ ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވާނެ ރައްޔިތުންނަށް އަނިޔާވެރިނުވެ ތިމާގެ އަމިއްލަ އަންބޮޑިއަށް ބޮޑުނުކުރާނެ މީހަކު ހޮއްވަވާށެވެ. އެމީހަކީ ރާޢްޖޭގެ ޙާލަތު ރަގަޅަށް މުތޯލިޢާކޮށްގެން ހުރި މީހެއްތޯ؟ ރާޢްޖޭގެ މިހާރުގެ ޙާލަތު މިއަށް ވުރެ ރަގަޅު ޙާލަތަކަށް ބަދަލު ކުރުމުގެ ޤާބިލުކަން ހުރި މީހެއްތޯ؟ އެމީހަކީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއެއްގެ މަގާމު އޭގެ ފުރިހަމަ ގޮތުގައި އަދާކުރާނެ މީހެއްތޯ؟ މިފަދަ ކަންތަކަށް ވިސްނަވާފައި ނޫނީ ވޯޓުކަރުދާސް ކޮޅު އަތުން ދޫކޮށް ނުލައްވާށެވެ.

އެމްޑީޕީ އިން ތައްޔާރުވަމުން މިދާ އެޕާޓީގެ އިންތިޚާބަކީ ޑިމޮކްރެސީގެ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ ބަލިފައި ހާމަކުރަމުންދާ މިވަގުތުގައި ވޯޓު ދެއްވަން ތިއްބެވި މެމްބަރުން ބައްލަވަންވީ މީގެ ތެރެއިން އެންމެ ސައްޙަކަން ބޮޑީ ކާކުތޯއެވެ. މިގޮތަށް ބެއްލެވުމަށްފަހު އެންމެ ރަގަޅު ގައުމަށް ފައިދާ ކުރާނެ ރައްޔިތުން ދެކެ ލޯބިވާނެކަމަށް ގަބޫލު ކުރެވޭ ކެންޑިޑޭޓަކު ޚިޔާރު ކުރައްވާ ވޯޓުދެއްވާށެވެ. ޕާޓީ އިން ކުރިމަތި ލަނީ އެންމެ ކެންޑިޑޭޓެއް ކަމުގައިވީނަމަ ފުރަތަމަ ދުވަހުން ފެށިގެން ޑިމޮކްރެސީއެއްގެ ފުރިހަމަ ނަމޫނާ އަޅުގަޑުމެނަށް ގެއްލިގެން ދިޔައީއެވެ.

ތިޔަ ފަރާތުން ޚިޔާރު ކުރައްވާ ކެންޑިޑޭޓަކު ހޮއްވެވުމަށްޓަކައި މިހާރުއްސުރެ މަސައްކަތް ފައްޓަވާށެވެ. އަދި ރާއްޖެއަށާ ޕާޓީ އަށް އެންމެ ރަގަޅު މީހާ ހޮއްވަވާށެވެ.



click here to visit kobaaNet


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004