| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 26 March 2008 22:51 

ޚަބަރު
އެމްޑީޕީގެ ގައުމީ ރިޔާސީޕް ރައިމަރީޒް 2008 ގައި ވޯޓުލުމަށް 20،000 އަށްވުރެ ގިނަ މެމްބަރުންނަށް ފުރުސޮތުލިބޭނެ


27 މާރޗް 2008

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީޒް 2008 ގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންގެތެރެއިން ގައުމުގެ ރައީސްކަމަށް މިޕާޓީގެނަމުގައި ކުރިއަށްނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ޕާޓީގެ 20،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ފުރުސޮތު ލިބޭނެކަމަށް ލަފާކުރެވެއެވެ.

20 ފެބްރުއަރީ 2008 ގައިބޭއްވި ގައުމީމަޖިލިހުގެ 48 ވަނަ ބައްދަލުވުމުން ނިންމާފައިވަނީ 25 އޭޕްރިލް ގައި ބާއްވާ ޕާޓީގެ އެތެރޭގެ މިއިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބެގެންވަނީ ކޮމިޝަނަރއޮފް އިލެކްޝަންސްއިން ސައްހަކޮށްފައިވާ މެމްބަރުންނަށް ކަމަށެވެ. ގައުމީ މަޖިލިހުން މިގޮތަށް ނިންމިއިރު މިލިސްޓުގައި ހިމެނެނީ 19،402 މެމްބަރުންނެވެ. ކޮމިޝަނަރ ސައްހަކުރާ ލިސްޓުގައި ހިމެނުމަށް ޕާޓީގެ ގައުމީ ސެކެޓޭރިއެޓުން މެމްބަރުންގެ ނަން ކޮމިޝަނަރގެއޮފީހަށް ފޮނުވުމަކީ ދާއިމީގޮތަކަށް މި ދެއިދާރާ ދޭތެރޭ ހިގަމުންދާމަސައްކަތެކެވެ. ކަންމިހެން އޮތްނަމަވެސް ރިޔާސީ ޕްރައިމަރީޒް 2008 ގައި ވޯޓުލުމުގެ ހައްގުލިބިގެންވާ މެމްބަރުންގެ ލިސްޓެއް އިންތިހާބުގެކުރިން ކެންޑިޑޭޓުންނަށް އަރުވަންޖެހޭތީވެ ނަންހުށަހެޅުމުގެ ފުރުސޮތު 25 މާޗް ގެނިޔަލަށް ބަންދުކޮށް 31 މާޗް ގެނިޔަލަށް "ވޯޓާސްލިސްޓް" އެބޭފުޅުންނަށް އެރުވުމަށް ގައުމީ މަޖިލިހުންވަނީ ނިންމާފައެވެ. ވީމާ މިއިންތިހާބުގެއެންމެހާކަންކަން ބެލެހެއްޓުމަށް ގައުމީމަޖިލިހުން ކަޑައަޅާފައިވާ 5 މެމްބަރުނެގެ ކޮމިޓީން އިއުލާނުކޮށްފައިވަނީ މިލިސްޓުގައި ހިމެނޭނީ 25 މާޗް 2008 ވާއަންގާރަދުވަހުގެ މެންދުރު 12،00 ގެނިޔަލަށް ފޯމުހުށަހެޅިފަރާތްތަކަށްކަމަށެވެ.

އިއްޔެ މެންދުރު 12،00 ގައި މިއިންތިހާބަށް ނަންހުށަހެޅުމުގެ ދޮރު ބަންދުކުރެވުނުއިރު 2816 މެމްބަރުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން ކެންޑިޑޭޓުންގެ ކޭމްޕްތަކުން ފޮނުވިކަމަށް ސެކެޓޭރިއެޓަށް ފާހަގަކުރެވިފައިވަނީ 1793 ފޯމެވެ. ދެންހުރި 1023 ފޯމަކީ ސެކެޓޭރިއެޓަށް ވަކިވަކިފަރުދުންގެގޮތުގައި މެމްބަރުން ފޮނުވާފައިވާ ފޯމެވެ. ޕާޓީން އުއްމީދުކުރަނީ 31 މާޗް 2008 ގެނިޔަލަށް "ވޯޓާސް ލިސްޓް" ހާމަކުރެވޭނެކަމަށެވެ.



click here to visit kobaaNet


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004