| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 09 December 2005 18:02

.eveSWrufuncnefcSwywfcaenUf .evenUMuawm Ea


c

 އަހުމަދު ޝަހީދު

މިދުވަސް ވަރަކީ އަޑުގަޑުމެންގެ ހަޔާތުގައި ވެސް ނުދެކޭ އަޑުވެސް ނާހާ ވަރަށް ދިވެހިރައްޔިތުން އެކަތިގަޑަކަށްވެގެން މިފާއިތުވެދިޔަ 25 އަހަރު ދުވަހު ދިވެހިރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިފައިވާ އިންސާނީ ހައްގު ތައް ހޯދުމަށް މަސައްކަތް ކުރަމުންދާދުވަސް ކޮޅަކަށް ވާތީ އަޅުގަޑަށް ވެސް މިދުވަސް ކޮޅު ވަރަށް ފާހަގަ ކުރެވުނު ވާހަކައެއް ބުނެލަށް ގސްތުކުރަމެވެ.

 މިދިޔަ ހަފްތާގެ ދެތިން ދުވަހަކު ލޮނުޒިޔާރަތް ކޮޅަށް ރޭގަޑު މީހުން އެއްވެ ޣައިރު ގާނޫނީ ލިޔުންތައް ބަހައި، ތަޅާފޮޅުމާ މާރާމާރީ ހިންގުމަށް މީހުންނަށް ހިއްވަރު ދީ އުޅެނިންޔޭ ކިޔާފައި ، ޑިފެންސް މިނިސްޓްރީން މީހުންނަށް ބިރުދައްކަން ވަނީ ފަށާފައެވެ. ނަމަވެސް މީގެ އެންމެ ހެއްވާކަމަކީ މިއިއުލާނާއެކު ބަޔަކު މިކަލަ އެއްވެސް ކަމެއް ކުރިކަމުގެ އެއްވެސް ހެއްކެއް ދަލީލެއް މިހާރުގެ ދިވެހިގައުމުގެ ވެރިޔާ ( ޑިކުޓޭޓަރ ) ހިމާޔަތް ކުރާސިފައިންނަށް ދެއްކިފައި ނުވާކަމެވެ. އަޅުގަޑަށް އެގިފައިވާ ގޮތުގައި ލޮނުޒިޔާރަތް ކޮޅަށް މީހުން އެއްވަނީ އެތަނުގެ ހިތްފަސޭހަކަމާ އެބައިމީހުން ބިޒީ ސެޑިއުލް އިން ވަކިވެ  ރޭގަޑުގެ އެވަގުތުކޮޅު ރައްޓެހިންނާ ބައްދަލުކޮށް އަރާމުކޮށްލުމަށެވެ. އަޅުގަޑު ވެސް މިއީ ރޭގަޑު ހުސް ވަގުތެއް ލިބިއްޖިއްޔާ މަދުމަދުން ނަމަވެސް ލޮނުޒިޔާރަތް ކޮޅަށް ދާމީހަކީމެވެ. ނަމަވެސް ހައިރާންވާން ޖެހުނުކަމަކީ އަޅުގަޑަށް ދުވަހަކުވެސް އެތަނުން ދިވެހިރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ކޮށް އެފަދަވާހަކައެއް ދައްކާ އެފަދަކަމަކަށް ހިއްވަރުދޭ މީހަކުނުފެންނާތީއެވެ. ނަމަވެސް އެތާގައި އޅުގަޑުމެންގެ ތެރޭގައި މިހާރު ހިނގަމުންދާ  އަޅުގަޑުމެން މާތްވެގެންވާ އިސްލާމްދީނާ ،ދިވެހިރާތްޖޭގެ ގާނޫނު އަސާސީއާ ،  ޚިލާފަށް ވަކިބަޔަކަށް ފައިދާ ވާގޮތަށް  ހިގަމުންދާ ކަންތައްތައް އިސްލާހުކުރުމާރުމާ ބެހޭ ގޮތުން ވާހަކަ ދެކެވެއެވެ. އަޅުގަޑު ދެކޭގޮތުގައި މިކަމަކީ މުސްލިމަކަށްވީތީ ، ދިވެއްސަކަށް ވީ ތީ  ހަމަކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ކިފާޔަތުގެ ފަރުލެކެވެ. މިކަމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް  މިއަދުގެ ސަރުކާރުން ބުނުމަކުން ކިރުބޯ ޅަދަރިއަކުވެސް ގަބޫލެއް ނުކުރާނެކަން ކަށަވަރެވެ. އޭ މައުމޫނުއެވެ. ފޫނެއްފަޔަށްފެންނުފުރާށެވެ. އަރުމެން ލޮނުޒިޔާރަތް ކޮޅަށް ދިޔުން މަނާކުރުރމުން ވަކިރީތި ވެއްޖެހެއްޔެވެ. ކުރީ ގައި އެތަނަށް މީހުންދިޔަކަމަކު ދުވަހަކުވެސް މަގުބަންދެއް ނުވެއެވެ. ނަމަވެސް ކަލޭ ކޮންމެރެޔަކު ސިފައިންފޮނުވައިގެން ތިޔަކުޅޭކުޅިގަޑުން މަގުބަންދުވެ އާންމުންނަށް  އުދަގޫވުން ނޫން ކަމެއް އެބަވޭހެއްޔެވެ. މިހާރެކޭ އޭރެކޭ ތަފާތެއް ނެތެވެ. ތެދެއް މިހާރު ބޮނޑިބަތެއް ނުބަހައެވެ. ބަލަ ލިބޭމީހުން ކާތަކެތިން ޟަދަޤާތް ކުރުމަކީ ކަލޭ ދަންނަ އިސްލާމް ދީނުގައި އޮންނަކަމެއްނޫހެއްޔެވެ. ހަމަގައިމުވެސް އަހަރެން ދަންގޮތުގައި އެއީ މަތިވެރި ސަވާބާއި ދަރުމަ އާޚިރަތުގައި ހުރިކަމެކެވެ.

މައުމޫނު އެވެ. ކަލޭ އިސްލާމްދީން ހިމާޔަތް ކުރން ހަދާފަ ތިއޮންނަ މަޖިލީހުން ނޫސް ބަޔާނެއް ނެރޭކަށް ނުވޭހެތްޔެވެ. ސޮދަޤާތްކުރުމަކީ  އިސްލާމްދީނުގައި ހަރާމް ކަމެކެވެ. ކަލޭހީކުރާ ގޮތުގައި މިދިޔަ އަހަރު ތަކުގައި ދިވެހިން ކަލޭގެބަސް ގަބޫލުކުރި ފަދައިން އަދިވެސް ކުރާނެއެވެ. ބަލަހޭ އަރާށެވެ. ގަމާރުންވެސް ދެކެމެވެ. އެކަމަކު ތިޔަހާ ގަމާރުމީހަކު ނުދެކެމެވެ.

 

 

| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004