| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 26 March 2008 19:55
ފާރަވެރިޔާގެ ގަލަމުން
ގޮޅާބޯ ކޮށްދީފައިވާ ޚިދުމަތްތަކުގެ ވާހަކަ ގިނަގިނައިން ދެއްކުމަށް ގޮޅާއެދޭ.. މިގޮތުން ޑުރަގުގެ ވަބާއާއި ކަރަޕްޝަންގެ ޖާދޫ
27 މާރޗް 2008
ގޮޅާބޯގެ ތިރީސް އަހަރުވީ އަނިޔާވެރި ވެރިކަމުގައި ރައްޔިތުންނަށް އެތައް ގޯނާއެއް ކުރުމަށްފަހު އަނެއްކާވެސް ވެރިކަމަށް ފައިނަގާފިއެވެ. ގޮޅާބޯގެ ހަނދުއޮއްސި މުސްކުޅިވެ ވަރުބަލިވެފައިވާ ހަށިގަނޑުގައި ދިވެހިރާއްޖެފަދަ ޒުވާން އާބާދީއެއް ލީޑްކުރުމުގެ ޤާބިލުކަން ނެތުމާއެކުވެސް ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން އަދިވެސް މައިތިރި ނާރައިގެން ތެޅެނީ ހަމަވެރިކަމުގައި ބަގުޑިލާށެވެ.
ގޮޅާބޯ އިންތިހާބު ކާމިޔާބު ކުރުމުގައި އެންމެ ބޭނުންވަނީ ގޮޅާގެ ތިރީސްއަހަރުވީ ވެރިކަމުގައި ދިވެހިރާއްޖެއަށް ހޯދައިދިން ކާމިޔާބުގެ ވާހަކަ ދިވެހިނަށް ކިޔާދީ ނޭވަޔަކު ދެކޮޅު އެވާހަކަތައް ގޮވުމަށެވެ. ގޮޅާބޯ އެހާވަރަށް އެދޭތީ ގޮޅާގެ ތިރީސްއަހަރުގެ ވެރިކަމުގައި ހިންގުނު ކާމިޔާބު މަޝްރޫޢުތަކުގެ މައްޗަށް ކޮންމެހެންވެސް ބަލާލާނަމެވެ.
1- ގޮޅާބޯ ވެރިކަމަށް އައުމުގެ ކުރިން މަސްތުވާ ތަކެއްޗަކީ ދިވެހިން ދަންނަ އެއްޗެއްނޫނެވެ. އެކަމަކު ވަރަށް ކާމިޔާބު ކަމާއެކު މުޅިގައުމަށް މަސްތުވާ ތަކެތީގެ ވިޔަފާރިވަނީ 30 އަހަރުތެރޭ ވަރަށް ސަޅިކޮށް ފަތުރާލާފައެވެ. މިއަދު، މިގައުމުގައި ތިރީހަކަށްހާސް ޒުވާނުން މަސްތުވާ ތަކެތީގެ ވަބާގައި އެކި މިންވަރަށް މިވަނީ ޖެހިފައެވެ. މަސްތުވާ ތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންގެ ގެތަށް އުސްވަމުންދާތަނާއި އެމީހުންގެންގުޅޭ ކާރުތަކާއި އޮޑިދޯނިފަހަރާއި ކުރަމުންދާ ވިޔަފާރިތައް ގޮޅާއަކަށް ހަމައެއްގޮތަކަށް ނުފެނެއެވެ. މަސްތުވާ ތަކެތި އެތެރެކުރުމަށް ފޮށިތަންމަތި ޗެކުނުކުރެވޭ އެކި ކުލަކުލައިގެ ޕާސްޕޯޓުތައް ގޮޅާވަނީ ތަޢާރަފްކޮށްދީފައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އެކަމަށް ވާގިވެރިވާނެ ބަޔަކުވެސް ޕޮލިހުގެ ތެރޭގަޔާއި ކަސްޓަމްސްގެ އިސްމުވައްޒަފުންގެ ތެރޭގައި ގޮޅާގެ އެއްބާރުލުމާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ. ގޮޅާބޯގެ ޕާޓީއަށް ކެމްޕޭނުތަކަށް ހަރަދުކުރުމުގައި ފައިސާގެ އެހީފޯރުކޮށްދޭތޯ މަސްތުވާތަކެތީގެ ވިޔަފާރިހިންގާ ޖަމާއަތެއްގެ މީހުންގޮޅާވަނީ ހިމާޔަތްކޮށް ދީފައެވެ. އެމީހުންގެ މައްސަލަނުވެސް ބެލެއެވެ. އަދި ކަސްޓަމާއި ޕޮލިހުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރާ މުވައްޒަފުން އަބަދުވެސް އުޅެން ޖެހިފައިވަނީ އިސްފަރާތްތަކުގެ ދުއްތުރާތަކާހެދި އޮފީހަށް ވެސް ނުނުކުމެވިގެންނެވެ. ގޮޅާބޯމިހާރު މަސްތުވާތަކެތީގެ ވެސް ބަފާ ކަމަށް ދައުވާ ކުރެއެވެ. އެއީ، ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރި އާބާދީގެ ނިސްބަތުން އެންމެ ހަލުއިކޮށް ފެތުރިފައިވާ ގައުމަކީ ރާއްޖެކަމަށް ވާތީއެވެ. މިފަދަ އެތަށްކަމެއްގެ ބަފާކަމުގައި ގޮޅާވަނީ ތިރީސްއަހަރު ތެރޭގައިވެފައެވެ.
2- ގޮޅާބޯއަކީ "ކަރަޕްޝަން" ގެވެސް ބަފައެވެ. ފާއިތުވި ތިރީސް އަހަރަކީ ރާއްޖެއަށް ކަރަޕްޝަންގެ އިންގިލާބެއް ގެނުވި ތިރީސް އަހަރެވެ. ގޮޅާބޯގެ ކަރަޕްޝަންގެ މައްސަލަތައް ގޯނިން ބޭރުވީ ގޮޅާބޯގެ ޅިޔަނު މިފްކޯ ދަވާލި ހިސާބުންނެވެ. އަންބަރީ ލައްވާ އެއާމޯލްޑީވްސް ދަވާލީވެސް ސީދާ ގޮޅާގެ ބެލުމުގެ ދަށުންނެވެ. އޭގެ ކުރިން ކުދިގޮޅާތައް އެކި ވަރުވަރުން ހިންގަމުންދިޔަ ކަރަޕްޝަނާއި ފަސާދައިގެ ކަންތައްތައް ފަޅާއަރަންފެށީ މިފްކޯ ގެ މަސަލަގަނޑަށް ފަހުއެވެ. ވެރިކަމުގެ ފުރަތަމަކޮޅު ގޮޅާބޯ ބޭނުންވީ އިންތިހާބުތަކުގައި ހަރަދުކޮށްދޭނެ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ރިސޯޓުތައްދީ، ގާނޫނާއި ގަވާއިދާ ޚިލާފަށް ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށްދީ މިފަދަ ވަރަށްގިނަ ކަންކަން ގޮޅާބޯ ވަނީ ހިންގާފައެވެ. ގޮޅާބޯ ކަރަޕްޝަން ކުރިއެރުވުމުގެ ނަމުގައި އޮފީހެއްވެސް ހެދިއެވެ. އެމީހުންގެ މަސައްކަތް ވަރަށް ކާމިޔާބެވެ. އެމީހުންނަށް ބެލެނީ ހަމައެކަނި ކަތީބުން ގެއަށްގެންދާ ދަވާދު ދަޅެއް ނުވަތަ ސިމެންތި ކޮތަޅެއްގެ މައްސަލައެކެވެ. މިލިއަނުން ކަޓުނަގައިގެން ގޮޅާބޯގެ ވަޒީރުންނާއި އާއިލާގެ މީހުން ހިންގާ ފަސާދައިގެ ޢަމަލުތައް ނުބެލޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އެޓޮލްސްމިނިސްޓަރ ކަމުގައި މޯކުޅި ރާޖާ ހުރިއިރު އޭނާއަށް އަތޮޅޮއޮފީސްތަކުގެ ބަޖެޓުން ލާރިނަގައިގެން ސިޓީއުރަ ތަކުގައި ގެންދާކަމަށް މިހާރު އަތޮޅުވެރިކަމުން ވަކިކޮށްފައިތިބި މީހުން ކިޔައިދެއެވެ. އެއްވެސް މަސައްކަތެއްނުކޮށް ބުރިބުރިއަށް އަރަމުންދާ ގެތަކާއި ގޮޅާބޯގެ ހިއްސާއާއި އާއިލާގެ ހިއްސާއޮންނަ ވިޔަފާރިތައް ގާނޫނާއި ގަވާއިދާއިދާ ކަނޑައެޅިގެން ޚިލާފަށް ރައްޔިތުންގެ މާލިއްޔަތު ޕަކަޅާ ކޮށްގެން އެހެރަ ހިންގަނީއެވެ. އަދި ނުވިތާކަށް ގޮޅާބޯގެ ގޭންގު މެމްބަރުން އެތައްސަތޭކަ މިލިއަން ރުފިޔާއެއްގެ ލޯނު ދައްކަން ނުޖެހޭގޮތަށް މިހާރުވަނީ ވަވަތި އާދަނުމެން ޒާހިރު ހުސޭނުމެން ކަހަލަ އާލާތުންނަށް ދޫކޮށްފައެވެ. މިހެންގޮސް ގޮޅާގެ ކަރަޕްޝަންގެ ވާހަކަތަކަކީ ދައްކާ ކޮޅުންލާކަށް އޮތް ކަމެއްނޫނެވެ.
އެހެންވީމާ، ގޮޅާބޯގެ ވެރިކަމުގައި އެންމެ ކާމިޔާބުކަމާއެކު ކުރެވުނު ކަންކަމުގެ ގޮތުގައި މަސްތުވާތަކެއްޗާއި ކަރަޕްޝަން ހިމެނެއެވެ. ކުރިޔަށް ހުރި އާޓިކަލްތަކުގައި ގޮޅާބޯގެ ތިރީސްއަހަރުގެ އަލިގަދަ މިފަދަ އެހެނިހެން ޚިދުމަތްތަކަށްވެސް ބަލާލާނަމެވެ.
click here to visit kobaaNet
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004